ENGLISH
10 ޖުލައި 2026
އަންނަ މަހު އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފަށަނީ
10 ޖުލައި 2026
|
އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ.
އެންމެ މަޤްބޫލު
އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން މިހާރު އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަމުންނެވެ.
އިމިގްރޭޝަނުން "އެމްއެމްޓީވީ"އަށް ބުނީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ތަކެތި ލިބުމުން އަލުން ހިދުމަތް ފަށާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އެއްވެސް ހުރަހެއްނެތި ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭނެއެވެ. އަދި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުވެސް ފަސް އަހަަރަށް ލިބޭނެއެވެ. އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހެއްދުމަށް 1,000 ރުފިޔާގެ ފީއެއް ނަގާއިރު، މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.
މިވަގުތު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހަދާ ފަރާތްތަކުން، އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ލިބުމުން އެ ޕާސްޕޯޓު ހެއްދުމަށް ބޭނުންވާނަމަ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.