ENGLISH

10 ޖުލައި 2026

Advertisement

އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް!

10 ޖުލައި 2026

|

އައިމިނަތު ޝަފާ

ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް  ބޭއްވުމަށް ނިންމައިފިއެވެ.

މިޙަރަކާތްތަކުގެ ތެރެއިން ބާއްވާ ޚާއްސަ ފެއާ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 16:00އިން 18:00އަށް މަސްޖިދުލްމަލިކި ސަލްމާނު (ސަލްމާނު މިސްކިތު)ގެ މާބުލް އޭރިއާގައެވެ. ހުރިހައި ޢުމުރުފުރައަކަށް ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއާގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، ޚާއްސަ އިނާމުތަކާއި ހަދިޔާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނޭ ސްޓޯލްތަކުގެ އިތުރަށް ޚާއްޞަ ޢިލްމީ ސެޝަންތައް ވެސް ކުރިއަށް ދާނެއެވެ.

މިގޮތުން މިއަދު ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި "ފޮތެއްގެ މަންހަޖީ ހުށައެޅުމެއް!" މި މަޢުޟޫޢަށް ޑރ. އާމިނަތު ރިޔާޒުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޑރ. ސަޢުދުﷲ ޢަލީ ނަންގަވައިދެއްވާ ސެޝަނުގެ މަޢުޟޫޢަކީ "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް؟." މި މަޢުޟޫޢެވެ.

އިސްލާމީ ކުތުބުޚާނާ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދަކީ، ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިއްވަރުދީ އެ ކަމަށް ބާރުއެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު