ENGLISH
10 ޖުލައި 2026
ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ
10 ޖުލައި 2026
|
އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާގޮތް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލެއްވުން. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ.
މި އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން އައްޔަނުކުރަން ބާއްވާ އިންތިހާބެކެވެ. އަދި މި އިންތިހާބުގައި ޕާޓީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، ޕާޓީގެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާ ނާއިބުރައީސުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކަށް އިންތިހާބުކުރާ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ ރަށު ދާއިރާތަކެވެ.
މި އިންތިހާބު ނިމިގެންދާއިރު ޕާޓީގެ 2،000 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުކުރެވިގެންދާނެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ފޯރިޔާއެކު ދަނީ ކުރިއަށެވެެ.