ENGLISH

09 ޖުލައި 2026

Advertisement

ގްލޯނެޓް ޔުނިވަރސިޓީ ރެޖިސްޓްރޭޝަން ޑޭ ގައި ކޯސްތަކަށް ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށް ފުލައިޓް ޓިކެޓް މުޅިން ހިލޭ

09 ޖުލައި 2026

|

ުހުސައިން މަޚްތޫމް

ގްލޯނެޓް އެޑިއުކޭޝަން ފެއަރ 2024 ގެ ތެރެއިން

ގްލޯނެޓް ޔުނިވަރސިޓީ ރެޖިސްޓްރޭޝަން ޑޭ މާދަމާ ބާއްވަން ނިންމައިފި އެވެ. 

ގްލޯނެޓުން މައުލޫމާތު ދޭ ގޮތުގައި މި އިވެންޓް ކުރިއަށް ދާނީ ހުކުރު އަދި ހޮނިހިރު ދުވަހު މީރުމާ އިވެންޓް ހޯލުގަ އެވެ. 

މި އިވެންޓުގެ އަމާޒަކީ ސެޕްޓެމްބަރ އަދި އޮކްޓޯބަރ 2026 ގައި ފަށާ ކޯސްތަކާއި ޖެނުއަރީ 2027 ގައި ފަށާ ކޯސްތަކަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް ކޯސްތަކުގެ މައުލޫމާތު ދިނުމާއި، ރަޖިސްޓްރޭޝަން، ވިސާ އަދި އެކަމަޑޭޝަން ގުޅުންހުރި މަޢުލޫމާތު ދިނުމެވެ. މިއިވެންޓުގައި ރަޖިސްޓްރީ ކުރެވޭނެ ކޯސްތަކުގެ ތެރޭގައި މެޑިސިން، ޑެންޓިސްޓްރީ، ނާރސިންގް، ސައިކޮލަޖީ، ބަޔޯމެޑިސިން، އިންޖިނިއަރިން ޕްރޮގްރާމް ތަކާއި، ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސް، ބިސްނަސް އިކޮނޮމިކްސް އެންޑް ފައިނޭންސް، ސައިބަރ ސެކިއުރިޓީ، ޑޭޓާ ސައިންސް މާރކެޓިންގް, އެކައުންޓިންގް އެންޑް ފައިނޭންސް، ފިންޓެކް، އޭސިސީއޭ. ޫޒުރިޒަމް، ހޮސްޕިޓަލިޓީ، ކަލިނަރީ އާޓް، އިވެންޓް މެނޭޖްމަންޓް، ކްރިއޭޓިވް އާރޓްސް، ޑިޖިޓަލް މީޑިއާ، އާކިޓެކްޓަރ. އެކްޗޮރިއަލް ސައިންސް، ގޭމްޑިވެލޮޕްމަންޓް، މޮބައިލް ކޮމްޕިއުޓިންގް، ކޮމިއުނިކޭޝަން ފަދަ ކޯސްތަށް ހިމެނެ އެވެ.

ޔުނިވާރިސިޓީ ރެޖިސްޓްރޭޝަން ޑެ ގައި ބައިވެރިވާ ޔުނިވާރސިޓީތައް:

1. ސަންވޭ ޔުނިވާރިސިޓީ - މެލެޝިޔާ

2. އޭޝިޔާ ޕެސިފިކް ޔުނިވާރސިޓީ - މެލޭޝިޔާ

3. އައީ. އެމް. ޔޫ. ޔުނިވާރސިޓީ - މެލޭޝިޔާ

4. މޮނާޝް ޔުނިވާރިސިޓީ - މެލޭޝިޔާ

މިއިވެންޓްގައި ލިބޭނެ ޙިދުމަތް ތަކުގެ ތެރޭގައި:

- ކޯސްތަކާއި ބެހޭ މަޢުލޫމާތާއި ކޯހަށް ހިނގާހަރަދުގެ މައުލޫމާތު ދިނުން.

- ވިސާ ހޯދުމާއި އެކަމަޑޭޝަންގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުން.

- ޕްލޭސްމަންޓް ލެޓާރގެ ކަންތައްތައް ހަމަޖައްސާދިނުން.

- ކެރިއާރި ގައިޑެންސް ބޭނުންވާ ކުދިންނަށް މައުލޫމާތު ދިނުން.

- ސްޓޫޑެންޓް ލޯނަށް އެޕްލައި ކުރުމުގެ އެހީތެރިކަން.

މި އިވެންޓުގައި ކޯސްތަކަށް ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް ކިޔަވަން ދިއުމަށް ފްލައިޓް ޓިކެޓް ގްލޯނެޓުން ހަމަޖައްސައި ދޭނެ އެވެ.

އޭ ލެވެލް ގައި ރަގަޅު ނަތިޖާ ލިބިފައިވާ ކުދިންނަށް 10 އިންސައްތަ އިން 50 އިންސައްތަ އަށް ސްކޮލަރޝިޕް ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު