ENGLISH
09 ޖުލައި 2026
މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ
09 ޖުލައި 2026
|
ބޯޓް އަޑިއަށް ދަނީ --
އެންމެ މަޤްބޫލު
"ޖަޒީރާ Q-10" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ބޯޓް، ވ. ފެލިދޫ، ފަސް ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް ދަނީ ދަތުރުކުރަމުން ކަމަށެވެ.
ބޯޓް މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. އެމްއެންޑީއެފުން ބުނީ އެ އުޅަނދުން ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެ އެވެ.