ENGLISH
08 ޖުލައި 2026
ދިވެހި ލިޔުންތެރިންވަނީ އަމާނާތް ފުރިހަމައަށް އަދާކޮށްފައި: ވަޒީރު ހީނާ
08 ޖުލައި 2026
|
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހި ލިޔުންތެރިންނަކީ ލިޔުންތެރިކަމުގެ އަމާނާތް ފުރިހަމައަށް އަދާކުރި ބައެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިފަދަައިން ހީނާ ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާ މަންސަތަކުގައި ޝާއިއިކުރެއްވި ލިޔުއްވުމެއްގައެވެ. އެ ލިޔުއްވުމުގައި ވަޒީރުވަނީ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ ދިވެހި ހުރިހާ ލިޔުންތެރިންނަށް އަރިސްކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ލިޔުންތެރިންނަކީ "އައިސްލާހު"ގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވި، އަދި "ވާހަކަ ކޮމިޓީ"ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ހިތްވަރުދެއްވައި، ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދިވެހިންގެ ހިތްތަކުގައި އަށަގެންްނެވި ބައެއް ކަމަށެވެ.
މި އަަހަރު ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އަމާނާތްތެރި ލިޔުންތެރިއަކަށްވަމާ" ޝިއާރަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ ދިވެހި ލިޔުންތެރިންނަކީ ޒިންމާ އަދާކުރައްވައި، އެ ލިޔުންތެރިކަމުގެ އަމާނާތް ފުރިހަމައަށް އަދާކުރެއްވި ބޭފުޅުންތަކެއް ކަމަށެވެ.
އެކަމަނާގެ މެސެޖު ނިންމަވައިލެއްވީ ދިވެހި ލިޔުންތެރިކަމަށް އިތުރު އާރޯކަމަށް އެދިވަޑައިގެންނެވުމާއެކު، ދިވެހިންގެ ކިޔުންތެރިންކަން އިތުރަށް ކުރިއެރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުންނެވެ.