ENGLISH

07 ޖުލައި 2026

Advertisement

ރައީސް މައުމޫން ޢަރަބި ބަހުން ޕޯސްޓެއް ކުރައްވާ މިސްރު ޓީމަށް ކާމިޔާބަށް އެދިވަޑައިގެންފި

07 ޖުލައި 2026

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގަައި މިރޭ މިސްރާއި އާޖެންޓާ ބައްދަލުކުރާ މެޗުގައި މިސްރުގެ ޤައުމީ ޓީމަށް ކާމިޔާބަށް އެދިވަޑައިގެން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ޕޯސްޓެއް ކުރައްވައިފި އެވެ.

ރައީސް މައުމޫން އެ ޕޯސްޓް ކުރެއްވީ ޢަރަބި ބަހުންނެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ޒުވާން ކަމުގެ އެންމެ ޚާއްސަ ދައުރުގައި މިސްރުގައި ކިޔަވާން އުޅުނު ހުރިހާ ދިވެހި ދަރިވަރުންގެ ފުރިހަމަ ތާޢީދު މިސްރުގެ ޤައުމީ ޓީމަށް އޮތް ކަން ހާމަ ކުރައްވާފަ އެވެ.

އަދި މިސްރުގެ ޤައުމީ ޓީމަށް ހިތްވަރު ދެއްވާ މިރޭގެ މެޗުން ކާމިޔާބަށް އެދިވަޑައިގެން ދުޢާ ކުރެއްވި އެވެ.

ރައީސް މައުމޫން ކިޔަވާ ވިދާޅުވީ މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީންނެވެ. އެމަނިކުފާނަކީ އެ ޔުނިވަރސިޓީން އެންމެ މަތީ ނަތީޖާ ޙާސިލުކުރެއްވި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރިވަރެކެވެ.

މިރޭ މިސްރާއި އާޖެންޓީނާ ބައްދަލުކުރާއިރު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި މެސީގެ ފޭނުންނެވެ. އެހެން ކަމުން އާޖެންޓީނާއަށް ތާއީދު ކުރާ ދިވެހީންގެ އަދަދު ވަރަށް ގިނަ އެވެ.

ކިޔުންތެރިންގެ ހިޔާލު