ENGLISH
07 ޖުލައި 2026
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ގާދިއްފުށީ ސްކޫލްގެ މަސައްކަތްތައް ކުރިއަށް
07 ޖުލައި 2026
|
ގާދިއްފުށީ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ގާދިއްފުށީ ސްކޫލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކޮންކްރީޓް އެޅުމަށް ބޭނުންވާ ފޯމްވޯކް (ޝަޓަރިން) ތައްޔާރުކުރުމާއި، ރަބަރު އޮނިގަނޑުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.
ގާދިއްފުށީ ސްކޫލުގެ ނުނިމި ހުރި ކުލާސް ރޫމްތައް ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރު އޭޕްރީލް މަހުއެވެ.
ގާދިއްފުށީ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވީ، މިދިޔަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އެމްޓީސީސީގެ ފަރާޓުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
އެމްޓީސީސީން ބުނީ، މި އެއްބަސްވުމުގެދަށުން ގާދިއްފުށީގައި މަސައްކަތް ހުއްޓިފައި ހުރި 10 ކިލާސް ރޫމްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ހުއްޓިފައި ވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.
ނުނިމިހުރި ގިނަ މަޝްރޫޢު ތަކެއް ނިންމުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.