ENGLISH

10 އޭޕްރީލު 2025

Advertisement

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ

26 ޑިސެމްބަރު 2024

|

ނަސްމާ ޢަބްދުލް މުޙުސިން

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް މިރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު 10 އަހަރު ފުރުއްވި، ސިންގް އަވަހާރަވީ އިންޑިޔާގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

އުމުރުފުޅުން 92 އަހަރުގެ ސިންގް ވަނީ، 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ.

އެ މަނިކުފާނަކީ އިންޑިޔާގައި އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ގިނަ ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އިކޮނޮމިސްޓެއްގެ ގޮތުގައި ކެރިއަރު ފެއްޓެވި ސިންގ، ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގެންނެވީ، މިނިސްޓްރީ އޮފް ކޮމަރސްގެ އިކޮނޮމިކް އެޑްވައިޒަރގެ މަޤާމުން 1971 ވަނަ އަހަރެވެ.

އިންޑިޔާގެ އިޤްތިޞާދުން މިހާރު ފެންނަމުންދާ ޒަމާނީ ބަދަލުތަކުގެ ފަހަތުގައި އޮތީ، ސިންގް އޭރު އެޅުއްވި ހަރުދަނާ އަދި އިންޤިލާބީ ފިޔަވަޅުތައް ކަމަށް ގިނަ ބަޔަކު އަދިވެސް ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު