ENGLISH

30 ޖޫން 2026

Advertisement

ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

30 ޖޫން 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު، ސަލްޓަންޕާކު ތަަރައްޤީ ކުރުމުގެ މަސައްކަތް ބައްލަވާލައްވަނީ --

ސަލްޓަން ޕާކްގެ އީ- ސްޕޯރޓްސް އޭރިއާ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު ކުރި އިޢުލާނެއްގަިއ ބުނެފައި ވަނީ، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން، ސަލްޓަން ޕާކްގެ އީ- ސްޕޯރޓްސް އޭރިއާ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި ބީލަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށް ގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި ހައެއް ވާ ހޯމަ ދުވަހުގެ 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު