ENGLISH
30 ޖޫން 2026
މާލެ ޓެކްސީ ލައިނަށް ތަރުހީބު ބޮޑު، ދެ ހަފްތާގެ ތެރޭގައި 6،912 ދަތުރުކޮށްފި
30 ޖޫން 2026
|
މާލެ ޓެކްސީ ލައިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އެންމެ މަޤްބޫލު
ސަރުކާރުން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ މި މަހުގެ ތިންވަނަ ހަފްތާއިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 6،912 ދަތުރުކޮށްފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ "މާލެ ޓެކްސީ ލައިން" ހިދުމަތަށް ދުވަހެއް ދުވަހަކަށް އެދޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަނުގެ ހިދުމަތް އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތައް ގެންގުޅޭ މީހުންނަށާއި އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށްވެސް މިހާރު ލިބިގެންދާނެކަމަށެވެ.
ހިދުމަތް ހޯދި މިންވަރުގެ އަދާހަމަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ހަފްތާގެ އާދިއްތަ ދުވަހާ ހަމައަށް ޖުމްލަ 6،912 ދަތުރު ކޮށްފައިވާކަމަށާއި އޭގެ ތެރެއިން މާލެ ތެރޭގައި 3،569 ދަތުރުކޮށްފައިވާކަމަށެވެ. އަދި ވިލިމާލޭގައި 528 ދަތުރުކޮށްފައިވެއެވެ.
މި މުއްދަތުގައި މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން މެދުވެރިކޮށް 6،112 މީހަކު ހިދުމަތަށް އެދި ހުށަހެޅި އިރު، ކޯލް ސެންޓަރުތަކުން ހިދުމަތް ހޯދި އަދަދު 800 އަށް އަރައެެވެ.
ލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ސަރުކާރުގެ ޓެކްސީ ލައިންއަކީ އެކަމަށް ދިރާސާކޮށް، ހާއްސަ ޕްލޭނެއްގެ ދަށުން ފެށި ހިދުމަތެކެވެ. ޖުމުލަ 150 ކާރު މި ހިދުމަތުގައި ބޭނުންކުރެއެވެ.
މި ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ:
ސައުވީސް ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރަނީ، ތިމާވެއްޓާ ރަހުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރެއެވެ.