ENGLISH

29 ޖޫން 2026

Advertisement

އާބާދީ ބޮޑު ރަށްތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވަނީ

29 ޖޫން 2026

|

އާމިނަތު ނުޒްލާ

މިފްކޯގެ މަސްދަޅު-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގައި އާބާދީ ބޮޑު ރަށްތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މިފްކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހާމިދު ނަޒީމު އިބްރާހީމް، ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތައް ހުޅުވުމުގައި އެންމެ އިސްކަންދޭނީ މީހުން ގިނައިން ދިރިއުޅޭ ރަށްތަކަށް ކަމަށެވެ. އެގޮތުން މިކަމުގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ އުފެއްދުންތައް ރަށްރަށުންވެސް މާލެއާއި އެއް އަގެއްގައި ލުއިފަސޭހަކޮށް ލިބޭނެ ނިޒާމެއްގެ ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނިން މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި މެއި މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި މިފްކޯގެ އައުޓްލެޓެއް ތަރައްގީކޮށް ހުޅުވާފެއެވެ. މިއީ މާލެއިން ބޭރުގައި މިގޮތަށް ހުޅުވުނު ފުރަތަމަ ފިހާރަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ދިވެހިން އަވަށްޓެރި ބައެއް ޤައުމުތަކުގައި ވެސް އެ ކުންފުނީގެ ވިޔަފާރި އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގައި ވެސް ވަނީ މިފްކޯގެ ފިހާރައެއް ހުޅުވާފައެވެ.

އަވަށްޓެރި ސްރީލަންކާގައި ފެށި މި ވިޔަފާރީގެ ތެރެއިން، މަޝްހޫރު 'ފަސްމީރު' ބްރޭންޑުގެ ގިނަ އުފެއްދުންތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ މަސްދަޅާއި، ވަޅޯމަހާއި، ރިހާކުރުގެ އިތުރުން ޕެކެޓުގައި ބަންދުކޮށްފައި ހުންނަ މުގުރިމަސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު