ENGLISH

29 ޖޫން 2026

Advertisement

ސަޢޫދީގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދި ސަޢޫދީގެ ވެރީން

ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު