ENGLISH

29 ޖޫން 2026

Advertisement

ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވެދިން ފަރާތްތަކަށް އައްޑަނައާއި ހަނދާނީ ރަން ފިލާ

28 ޖޫން 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވެދިން ފަރާތްތަކަށް އައްޑަނައާއި ހަނދާނީ ރަން ފިލާ އެރުވުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ އަރުވައިފި އެވެ.

މި ފަރާތްތަކަށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ހަނދާނީ އައްޑަނަ ލިބުނު މުއައްސަސާތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އިންޑިއާ ހައި ކޮމިޝަން، ޖަޕާން އެމްބަސީ، ޗައިނާ އެމްބަސީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އަދި ޔޫއެންއޯޑީސީ ހިމެނެ އެވެ.

ފުލުހުންގެ ޚިދުމަތަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި އެއް ފަރާތަކަށް ހަނދާނީ ރަން ފިލާ ވަނީ އަރުވާފައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، އެމެރިކާގެ އެމްބަސީއަށް ވަނީ ހަނދާނީ ރަން ފިލާ އަރުވާފަ އެވެ.

މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައިވެ އެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިސްލާމިކް ބެންކް، ކްރިމިނަލް ކޯޓް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް، އެމްޓީސީސީ އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެ އެވެ.

މި ޖަލްސާގައި އާންމު ފަރުދުންގެ ތެރެއިން މާވިނަ / ކ. ކާށިދޫ، އަޙްމަދު ޔާސިރު، ފުލުހުންގެ މަސައްކަތްތަކަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އޭނާއަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު