ENGLISH

28 ޖޫން 2026

Advertisement

މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންނާއި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް

28 ޖޫން 2026

|

އައިމިނަތު ޝަފާ

ކުރިން ވުޒާރާގެ ފަރާތުން ބޭއްވި ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ؛ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މި ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކާ ގުޅިގެންނެވެ.

މި ތަމްރީން ޕޮރޮގްރާމްތަކުގެ މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި  އައު މަސްވެރިކަން ތައާރަފުކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުންކަމަށް ވުޒަރާއިން މައުލޫމާތުދެއެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމާއި އައު ބާވަތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމަކީ ވެސް ވުޒާރާގެ މަގުސަދެކެވެ. 

މިގޮތުން މިއަހަރު ވުޒާރާއިން ކުރިއަށްގެންދިއުމަށް ހަމަޖަހެފައިވާ ދެ ތަމްރީން ޕްރޮގްރާމަކީ:

- ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް.

- އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް.

ވުޒާރާއިން ބުނީ މިތަމްރީންތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން އަންނަ ޖުލައިމަހުގެ 15 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް ވުޒާރާއަށް ސިޓީ މެދުވެރިކޮށް ހުށަހަޅަމުންދިއުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު