ENGLISH
28 ޖޫން 2026
މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ
28 ޖޫން 2026
|
މާވަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ލ.މާވަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއު ބާރުމިނުގައި ކުރިއަށްދާކަމަށް އެމަޝްރޫއު ކުރިއަށްެގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 65 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މި މަޝްރޫއަކީ ގެދޮރުވެރިކަމާ ބިނާރާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން 61.46 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ދެހާސް މީހުންގެ އާބާދީ އޮންނަ މާވަށުގައި ކުރިއަށްގެންދާ މި މަޝްރޫއާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.
އެމްޓީސީސީ އިން މާވަށުގައި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށްގެންދަނީ ހަމަ އެކުންފުނިންނެވެ.