ENGLISH

28 ޖޫން 2026

Advertisement

ރޭގެ ހާދިސާގައި މޫދަށް ވެއްޓުނީ ފަސް ކޮންޓޭނަރު، ތިން ކޮންޓޭނަރު އަދި ނުފެނޭ

28 ޖޫން 2026

|

އަޙުމަދު ޙަމީދު

ޕޯޓްސް ލިމިޓެޑް --

ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ މައުލޫމާތު ރޭ 23:10 އެހައިކަންހާއިރު، އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގެ އިތުރު ތަފްސީލުކޮށް ހާމަކޮށް ފުލުހުން ދެންމެ ބުނީ ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ވަނީ ފެނިފަ އެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މާލެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ވަރަށް ސަމާލުވާން އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު