ENGLISH
24 ޖޫން 2026
ނ. ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފުރާޅުގެ މަސައްކަތްތައް ކުރިއަށް
24 ޖޫން 2026
|
ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ނ. ފޮއްދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުގައި މިވަގުތު ކުރިއަށްދަނީ ފުރާޅުގެ ބީމްތަކުގެ ފޯމްވޯކް އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފޮއްދޫ އެފްއާރްސީ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފޮއްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
ފޮއްދޫ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަރިހުގައި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، އަޙްމަދު ސަޢުދީ އާއި ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.