ENGLISH

24 ޖޫން 2026

Advertisement

ބީއެމްއެލްއިން، ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

24 ޖޫން 2026

|

އާމިނަތު ނުޒްލާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމް ފަށާފައިވަނީ 2017 ވަނަ އަހަރު ކަމަށެވެ. އަދި މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ފޯރުކޮށްދެވިފައިވާކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އެގޮތުން މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް، އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްފައިވާ ކަމަށްވެސް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

ބޭންކުން އިތުރަށް ބުނީ، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައިވާ ކަމަށެވެ. މި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ. މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ބޭންކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު