ENGLISH

23 ޖޫން 2026

Advertisement

އަހަރުގެ މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިފައިވޭ: އެޗްޕީއޭ

23 ޖޫން 2026

|

އާމިނަތު ނުޒްލާ

ހިމަބަލި ޖެހިފައިވާ ކުއްޖެއް-- ފޮޓޯ: ބްރެއިން އެންޑް ލައިފް

އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ ދެ ކޭހޭއް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެ ބަލީގެ 22 ވޭދަނަ ރިޕޯޓް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު  މާސްކު އަޅަން ހަނދާންކޮށްދީފައެވެ.

އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އިލްތިމާސްކުރިއެވެ.

ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެއެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 -4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވައެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުއްޖާގެ އުމުރުން ނުވަ މަހުގައި މަހުގައި އެމްއާރު ވެކްސިން އަންނަނީ ދެމުން ނެވެ. އެމްއާރު ވެކްސިން އަކީ ހިމަބިހި އަދި ރުބެއްލާ އިން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން އެމްއާރު ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން މިހާރު ދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު