ENGLISH
21 އޭޕްރީލު 2025
ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް އަތުލައިގެންފި
25 ޑިސެމްބަރު 2024
|
އަތުލައިގަތް މިޔަރާއި މަޑި މަސްތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި
ގަވަޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވީސް އިން މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމުން "އެކްސް" ގައި ކުރި ޕޯސްޓުގައި ވިދާޅުވީ އަތުލައިގަތް ތަކެތި މިހާރު ވަނީ މިދިޔަ އާދިއްތަ ދުވަހު ނައްތާލާފައި ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އަދި މަޑިމަސް ހިފައްޓައި، ކަސްޓަމްސްއިން އެތަކެތި ނައްތާލާފައިވެ އެވެ. އަދި މިޔަރު މަހާއި މަޑި މަސްވެރިކަން ކުރި މީހުން ހިފައްޓާފައި ވެސްވެ އެވެ.
ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން މިޔަރާއި މަޑީގެ ބާވަތްތައް ބޭރުކުން މަނާވާނެ އެވެ.
އެފަދަ ޢަމަލެއް ކޮށްފި ފަރާތެއް 5000ރ. އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ޖިނާޢީ ދަޢުވާ އުފުލޭނެ އެވެ.