ENGLISH
09 ސެޕްޓެމްބަރު 2025
އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރަން މަޓާޓޯގެ ސީއީއޯގެ މަޤާމުން ސޫޒަން އިސްތިއުފާ ދީފި
08 ސެޕްޓެމްބަރު 2025
|
އާމިނަތު ސޫޒަން
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަޤާމުހައި ހުންނެވި އާމިނަތު ސޫޒަން އެ މަޤާމުން އިސްތިއުފާ ދީފި އެވެ.
ސޫޒަން ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރުމަަށާއި މިވަގުތު ބްރޭކެއް ބޭނުންވާތީ ކަމަށެވެ. މަޓާޓޯގެ ސީއީއޯގެ މަޤާމުގައި ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މަޓާޓޯ އިން ވެސް ވަނީ ސޫޒަންގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފަ އެވެ. އެ ގޮތުން ސޫޒަންގެ ޚިދުމަތަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަޓާޓޯގެ ސީއީއޯގެ މަޤާމުގައި ހުންނަވާ ސޫޒަަން ވަނީ ތާރީޚީ މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަން މަޓާޓޯ އިން ވަނީ ފާހަގަކޮށްފަ އެވެ.