ENGLISH

23 ޖޫން 2026

Advertisement

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ފަރުމަސް އާލާކުރުުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް" ގެ މިއަހަރުގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ކޯސް ކުރިއަށް ގެންގޮސްފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުއެވެ.

މި ކޯހަކި ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިން ފެސިލީގައި އޮގަސްޓް 8 އިން 20 ވަަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ޖުމްލަ 15 ބައިވެރިންނަށް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ގުޅޭ ވުޒާރާއިން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅޭނެއެވެ.

އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅޭނެއެެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެވޭނެއެވެ.

މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި  އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ.

ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއި އެކު، ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ.

ކިޔުންތެރިންގެ ހިޔާލު