ENGLISH
21 އޭޕްރީލު 2025
އާ އަހަރާ ދިމާކޮށް ފުލުހުންގެ ޚާއްސަ އޮފަރޭޝަނެއް ފަށައިފި
25 ޑިސެމްބަރު 2024
|
ޝާހީދު ހުސެން އާދަމް ބިލްޑިންގ --- ފޮޓޯ: ގޫގުލް
އާ އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރި ކުރުން އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވޭތީ، ފުލުހުން އޮޕްރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއަކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނީޓަރކޮށް ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް، ހަރަކާތްތައް ހިންގުމަކީ މަނާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ހަނދާންކޮށް ދެއްވައިފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައިވަނީ،ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ހުޅުމާލޭ ޕޮލިސް އާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައްް ގުޅިގެން މި ހާއްސަ އޮފްރޭޝަން ފަށާފައި ވަނީ އިއްޔެއެވެ.