ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

25 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކޮށްފައިވަނީ އިންޑިޔާ އަށް ނިސްބަތްވާ ދެފިރިހެނުންނެވެ. އަދި މި ދެމީހުން ވެސް މިހާރު ވަނީ ތަހުޤީޤަށް ހައްޔަރު ކޮށްފައެވެ.

މި ދެ މީހުން ހައްޔަރު ކުރީ، ޙަރަކާތްތައް ހުރިގޮތުން ޝައްކު ކުރެވޭ ކަހަލަ ކަންތައްތަކެއް ފާހަގަވެގެން، ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެ މީހުންގެ ލަގެޖުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައެވެ. އެހެންކަމުން އެއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން ކަމަށް ނިންމައި އެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ދެ މީހުންގެ ބަންދަށް 30 ދުވަސްދީފައެވެ.

ތަހުގީގުގައި އެ މީހުން ބުނެފައިވަނީ މަސްތުވާތަކެއްޗަކީ އެމީހުންގެ އެއްޗެއް ނޫން ކަމަށާއި، އެއީ މީހަކު އެ މީހުންނާ ހަވާލުކުރި އެއްްޗެއްކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމަށްފަހު ކޯޓުން ނިންމީ އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު