ENGLISH

21 އޭޕްރީލު 2025

Advertisement

‎ތުރުކީގެ ހަތިޔާރު ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ހާދިސާއާ ގުޅިގެން، ތުރުކީގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޑިސެމްބަރު 2024

|

ހަސަން އާމިރު

ތުރުކީވިލާތުގެ ބަލިކެސިރް ޕްރޮވިންސްގެ ހަތިޔާރު ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

‎މި ހާދިސާއާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. މި ހާދިސާގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންގެ އިތުރުން، ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު