ENGLISH

21 އޭޕްރީލު 2025

Advertisement

"ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

25 ޑިސެމްބަރު 2024

|

ހަސަން އާމިރު

"ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބ. އޭދަފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

އައްޑޫ ސިޓީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީ ޓީމެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައިނަލް މެޗުގައި ބ. އޭދަފުށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޯލުޖެހި ބޯޅައިގައި ސޮއިކުރައްވާފައެވެ.

"ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ، ހިންގި ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރިއެވެ. ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު، އައު ކުޅުންތެރިންތަކަކަށް ލިބިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު