ENGLISH
18 ޖޫން 2026
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނެއް ފަހަނައަޅައިފި
18 ޖޫން 2026
|
ޝަންހާއީން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުން-- ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނައަޅައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ސަތާރަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1،007،009ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 1,059,709 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިންގެ ނިސްބަތް ދަށްވުމުގެ މައިގަނޑު ސަބަބަކީ ހަނގުރާމައާ ގުޅިގެން ވައިގެދަތުރުތަކަށް ބުރޫ އެރުމެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 71.6 އިންސައްތަ ނުވަތަ 704،374 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 23.7 އިންސައްތަ އެވެ. އެއީ، 233،057 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ހޮޓާތަކަށް 24،510 ފަތުރުވެރިންއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 20،673 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 979،813 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި ގަން އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 3997 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6030 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން އަންނަނީ ސާބިތުވަމުންނެވެ.