ENGLISH
18 ޖޫން 2026
ސައިބަރ ސެކިއުރިޓީ ބިލަށް، ޖުލައި 1 އާ ހަމައަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި
18 ޖޫން 2026
|
މަޖިލީހުގެ ކޮމިޓީއެއްގެ މަސައްކަތް ކުރިއަށްދަނީ. ސައިބަރ ސެކިއުރިޓީ ބިލަށް ޚިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފައި. ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި ސައިބަރ ސެކިއުރިޓީ ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ ޖޫން 15 ވަނަ ދުވަހުއެވެ.
ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ޖޫން 17 އިން ޖުލައި 1 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި ބިލުގައި ސައިބަރ ސެކިއުރިޓީގެ ރައްކާތެރިކަމަށް މުހިއްމު ބައިތަކެއް ވަނީ ހިމަނައިފައެވެ.
ބިލުގެ މައިގަނޑު އެއް މަޤްޞަދަކީ ރައްޖޭގެ ސައިބަރ ވެށީގެ ސަލާމަތްތެރިކަން ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ.
ދާޚިލީ އަދި ކްރޮސްބޯޑަރ ސައިބަރ ސެކިއުރިޓީގެ ނުރައްކާތައް ދެނެގަތުމާއެކު އެފަދަ ހާދިސާތައް ހުއްޓުވުމަކީވެސް ބިލުގެ މުހިއްމު މަޤްޞަދެކެވެ. މީގެ އިތުރުން މި ބިލުގައި ވަނީ ދައުލަތުގެ އަމިއްލަ ދާއިރާގެ މުހިއްމު މަޢުލޫމާތާއި ސިސްޓަމްތަކުގައި ހުންނަންޖެހޭ ސެކިއުރިޓި މިންގަނޑުތައް ކަނޑައެޅުން ހިމަނައިފައެވެ.
ބިލުގައި ވާގޮތުން ނޭޝަނަލް ސައިބަރ ސެކިއުރިޓި އެޖެންސީގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަންޖެހެއެވެ. މި އެޖެންސީ ހިނގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުންނެވެ. އަދި އެޖެންސީއަށް ފަސް މެންބަރުންގެ ބޯޑެއް ކަނޑައަޅަންޖެހެއެވެ.
ރާއްޖޭގައި ސައިބަރ ސެކިއުރިޓީގެ އެންމެހާ ކަންކަން ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ މަތީން މަޖިލީހުންނެވެ.
ބިލުގައި ވަނީ ލައިސަންސް ދިނުމާއި ޖޫރިމަނާ ކުރެވޭނެ ޙާލަތްތައްވެސް ހިމަނައިފައެވެ. މިގޮތުން، ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ޚާއްޞަ ލައިސަންސެއް ނަގަންޖެހެއެވެ. އަދި ނުގަވައިދުން ޚިދުމަތްދޭނަމަ ބައިލައްކަ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.