ENGLISH

21 އޭޕްރީލު 2025

Advertisement

އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި

24 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ފޮޓޯ: އެމްއެމް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފިއެވެ. 

އެ ކޯޕަރޭޝަންގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑް ކޮށްފައިވަނީ ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައާ ގުޅިގެންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެޗްޑީސީ އަށް އާ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭ ގޮތަށް މުޅި ބޯޑު ސަސްޕެންޑުކޮށްފައިވަނިކޮށް، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އެވެ.

ކިޔުންތެރިންގެ ހިޔާލު