ENGLISH

21 އޭޕްރީލު 2025

Advertisement

ގައުމު ލޫޓުވާލި މީހުންގެ ވާހަކަ ރައްޔިތުންނަށް ހަނދާން ކޮށްދޭން ޖެހޭ: މެމްބަރު އައިފާން

24 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ރޭގެ ޖަލްސާ އައިފާން ވާހަކަ ދައްކަވަނީ

އެމްޑީޕީ ސަރުކާރުން ވެެރިކަމުގެ ފަސް އަހަރު ނިންމާލީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކައި ހުސްކޮށްލާފައި ކަމަށާއި، މި ގައުމު ލޫޓުވާލި މީހުންގެ ވާހަކަ ރައްޔިތުންނަށް ހަނދާން ކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެ އެވެ.

އައިފާން މިހެން ވިދާޅުވެފައި ވަނީ، ކޮންގްރެސް ޕާޓީއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

"ރައްޔިތުންނަށް އެބަ އެނގޭ މި ޤައުމު މިއަދު މި އޮތް ހާލަތައް ވައްޓާލީ އެމް.ޑީ.ޕީ އިންކަން" - މެންބަރު އައިފާން ވިދާޅުވިއެވެ. 

އައިފާން ވިދާޅުވީ، ރައްޔިތުން އެބޭފުޅުން ވެރިކަމުން ބޭލުމަށް ފަހު ގެއަށް ފޮނުވައިލީ އިހަކަށް ދުވަހު ކަމަށާއި، މިއަދު ނުކުމެ ވައްކަމުގެ ވާހަކަ ދެއްކީމާ އަންނަނީ ހިނި ކަމަށެވެ.

"އަޅުގަނޑުގެ އެކުވެރިޔަކު އާރ.ޑީ.ސީ އިން ވައްކަން ކުރާ ވާހަކަ ރައީސް ސޯލިހް އަށް ހެއްކާ އެކީ ފޮނުވި. އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ރައީސް ސޯލިހް ވިދާޅުވީ ނޫސްތަކުގަ ޖަހާފަ ހުންނަ ތިކަހަލަ ވާހަކަ ޤަބޫލު ކުރަން ހެޔޮ ނުވާނޭ ކަމަށް " - އައިފާން ވިދާޅުވިއެވެ. 

އެމްޑީޕީ އިން ވެރިކަމާ ހަވާލުވިއިރު ގައުމުގެ ރައުސުލްމާލުގައި ފައިސާ ހުރި ކަމަށާއި، ނަމަވެސް ފަސް އަހަރު ދިޔައީ ރައްޔިތުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ނުކުރެވި ކަަމަށް ވެސް އައިފާން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފެނުނީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކާލައި ހުސްކޮށްލާފަ ދިޔަ މަންޒަރު ކަމަށެވެ.

"އެމް.ޑީ.ޕީ އިން ވެރިކަމަށް އައި އިރު މިޤައުމުގަ ފައިސާ ހުރި. އެ މީހުން ވެރިކަމުން ފޭބިއިރު ހުރީ ހުސް ފޮށިގަނޑެއް. އެ ފައިސާއަށް ވީ ގޮތެއް ބަލަން އެބަ ޖެހޭ " - އައިފާން އިތުރަށް ވިދާޅުވިއެވެ. 

އައިފާން ވިދާޅުވެފައި ވަނީ، އެ ގޮންޖެހުންތަކާއެކު ވެސް ރައީސް ޑރ.މުޢިއްޒު ކުރައްވަމުން އެ ގެންދަވަނީ މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު