ENGLISH

21 އޭޕްރީލު 2025

Advertisement

ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބެލުމަށް އާއްމުންގެ ބައެއް މީހުން ގޮވާލައިފި

24 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަށް ބެލުމަށް އާންމުން ގޮވަލައިފިއެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ފަރާތްތަކުން އެމްއެމް ޓީވީއާ ވާހަކަދައްކަމުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އެ ޖަރީމާތަކަކީ ބަލައި ފިޔަވަޅު އަޅަންޖެހޭ ޖަރީމަތަކެއް ކަމަށާއި، މިފަދަ މައްސަލަތަކަކީ ނުބަލައި ދޫކޮށްލަން ހެޔޮވާނެ މައްސަލަތަކެއް ނޫން ކަމަށްށެވެ.

"އަޅުގަނޑުމެންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާ ހަމައެކަނި މިހާތަނަށް އަޅުގަނޑުމެންނަށް ފެނުނު ރައީސް، އެއީ ސަރުކާރު ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްކަމުގައިވިޔަސް، އެކަން އެމަނިކުފާނުކުރައްވާނެ. އެއީ އަޅުގަނޑުމެން އެދޭ ވެސް ގޮތް، މި ސަރުކާރުގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ފަރާތެއް ހުންނާކަށް،" ޖަލްސާގައި ބައިވެރިވި އާއްމުންގެ މީހަކު ބުންޏެވެ.

"ދެން ފާއިތުވެދިޔަ ސަރުކާރަށް ބަލާއިރު، އަޅުގަނޑުމެން އެންމެންނަށް ވެސް އެންމެ ކޮންސާންވާ ކަންތައް ގެދޮރުވެރިޔާގެ ކަންތައްމީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަމަ ކަނޑައެޅިގެން، އަޅުގަނޑަކީ ވެސް އޭރު އެމްޑީޕީ ސަރުކާރަށް ތާއީދުކޮށްގެން ހުރި މީހެއް، އެކަމް އަޅުގަނޑުމެންނަށް އެނގޭ އެތައް ކަމެއް އެބަ ހުރި އިނގޭތޯ ގެދޮރުވެރިޔާ ސްކީމްގައި، ހަގީގތަށް ބުންޏާމު ލިބެން ނުޖެހޭ މީހުންނަށް ލިބިފަ އެބަ ހުރި، އޭރުގެ އެމްޑީޕީ ސަރުކާރުން ވިދާޅުވެފައި އޮތީ، މިސާލަކަށް އަޅުގަނޑުގެ ބައްޕައަކީ މާލޭ މީހަކަށް ވެފައި މަންމަ ރަށެއްގަ ހުރި މީހަކަށް ވެފައި އަޅުގަނޑު އެރަށުގެ އެޑްރެހުގައި ޖައްސާފައި އިނީމަ އަޅުގަނޑުމެންނަކަށް އޭރު ގޯއްޗެއް ނުލިބޭ، ކަނޑައެޅިގެން އެހެން ބުނެފައި އޮތީ އެކަމަކު ހަމަ ކަނޑައެޅިގެން މަންމަ ވެސް، ބައްޕަ ވެސް މާލޭގެ ރަށްވެހިންނަށް ނުވާ މީހުންނަށް ދީފައި ބަހުރި،" އާންމުންގެ މީހަކު ބުންޏެވެ.

އެމްއެމް ޓީވީއާއި ވާހަކަދެއްކި މިހުން ބުނީ އާންމުންގެ ފައިސާ ކަމުގައިވާ ދައުލަތުގެ ޚަޒާނާ ހިތުހުރި ގޮތަކަށް ބަހާލައި ނުހައްގުން މުއްސަނދިކަން ހޯދައިވާ މީހުން ޤާނޫނު ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ކަމަށެވެ.

"މިހާރު ރާއްޖޭގެ އޮންގޮއިންގ ސިޗުއޭޝަނަށް ބަލާއިރު ވަރަށް ގިނަ ކަންތައްތައް އެބަ ފެންމަތިވޭ، އަޅުގަނޑުމެން ދެން ޕީއެންސީގެ ގަވަމެންޓް ގެނެސްގެން، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އަސްލު ކުރީގެ ހުރިހާ ސަރުކާރަކަށްވުރެ ވެސް ރަނގަޅު، ދެން ވަރަށް ގިނަ މީހުން ކުރާ ސުވާލެއް އެއީ އަޅުގަނޑާވެސް ކަމެއްވާއިރަށް ކީއްވެގެންހެއްޔޭ ކުރީގެ ސަރުކާރޭ ތިބުނަނީ، އެއީ އެ ފަރަގު އަޅުގަނޑަށް މި ސަރުކާރުން ފެންނާތީ، އެއީ ހަގީގަތަކީ، މީހުން ބުނާނެ ހަމަ ކަމެއްވާއިރަށް ކުރީ ސަރުކާރު ކުރީ ސަރުކާރު ނުކިޔާށޭ. ކިޔާނަން، ކިޔަން އެބަ ޖެހޭ ކުރީ ސަރުކާރު. އެއީ ކުރީ ސަރުކާރުން އެ ވައްކަން ކޮށްފައި އޮތީމަ" ޖަލްސާގެ ބައިވެރިއަކު ބުންޏެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެމްއެމް ޓީވީއާ މިކަމާ ގުޅިގެން ވާހަކަ ދައްކަވައިފައެވެ. އެ މެންބަރުން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވަނިކޮށް ވެސް އެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދެއްކި ކަމަށާއި، މިއަދު ސަރުކާރު ބަދަލުވެ ކަންކަން ހިނގާފައިވާ ގޮތް ބެލުމުން ދައުލަތުގެ ބަޖެޓް ހުސް ތޮށިގަނޑަކަށް ހަދާފައިވާކަން ހާމަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު