ENGLISH

21 އޭޕްރީލު 2025

Advertisement

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ނިހާދް ސަސްޕެންޑް ކުރައްވައިފި

24 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަޤާމުގައި ހުންނެވި މުޙައްމަދު ނިހާދު މަގާމުން ސަސްޕެންޑްކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމުން ނިހާދް ސަސްޕެންޑްކުރައްވާފައިވަނީ، ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. 

އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވަނީ، ފަތުރުވެރިންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ނިހާދު ސަސްޕެންޑް ކުރައްވާފައިވާކަން ކަށަވަރުކޮށްދެެއްވާފައެވެ. 

ނިހާދް ސަސްޕެންޑް ކުރެއްވުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޢާންމު އިޖްތިމާއީ މިންގަޑާ ޚިލާފް އަދި މުޖްތަމަޢު ތެރޭގައި ބިރުވެރިކަން އުފެދޭނެ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު