ENGLISH

10 އޭޕްރީލު 2025

Advertisement

ކުރީގެ ދެ ބޮޑުވަޒީރުން ހިމަނައި، ފްރާންސްގެ މި އަހަރުގެ ހަތަރު ވަނަ ސަރުކާރު އެކުލަވާލައިފި

24 ޑިސެމްބަރު 2024

|

ހަސަން އާމިރު

ފްރާންސްގައި ކުރިން ބޮޑުވަޒީރު ކަން ކުރެއްވި ދެ ބޭފުޅުން ކެބިނެޓުގައި ހިމަނުއްވައި، މި އަހަރުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް، ރައީސް އެމެނުއެލް މެކްރޮން ސަރުކާރު އެކުލަވާލައްވައިފިއެވެ.

ފްރާންސް މިހާރު ވެއްޓިފައި ސިޔާސީ އަނދަވަޅުން ސަލާމަތްކުރުމުގެ ބުރަ ޒިންމާއާ އެކު، އުމުރުން 73 އަހަރުގެ ފްރާންސުއާ ބެއިރޫ ބޮޑުވަޒީރުގެ މަޤާމަށް ރައީސް އެމެނުއެލް މެކްރޮން ޢައްޔަންކުރެއްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ބެއިރޫގެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވީ، ކުރިން ބޮޑުވަޒީރު ކަން ކުރެއްވި އެލިޒަބަތު ބޯން އެވެ.

ކުރީގެ ބޮޑުވަޒީރު މެނުއެލް ވޯލްސް ޢައްޔަނުކުރެއްވީ އޯވަސީސް ޓެރިޓަރީސް މިނިސްޓަރުކަމުގެ މަޤާމަށެވެ.

ބެއިރޫ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި މިޝެލް ބާނިއޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ދުރުކުރިތާ ނުވަ ދުވަސް ފަހުންނެވެ.

ބެއިރޫ އަކީ މެކްރޮންގެ ޕާޓީއާ ގުޅިފައިވާ މޮޑެމް ގްރޫޕްގެ ވެރިޔާއެވެ.

ވަރަށް ބޮޑަށް ބައިބައިވެފައިވާ މަޖިލީހުން ކެބިނެޓަށް ރުހުން ހޯދުމުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ވެސް ބެއިރޫ އަށް ފަސޭހަފުޅެއް ނުވާނެއެވެ.

ބެއިރޫގެ ކެބިނެޓުގައި ކުރީގެ ދެ ބޮޑުވަޒީރުން ރައީސް މެކްރޮން ހިމެނުއްވީ، ސަރުކާރު އިތުރަށް ވަރުގަދަ ކުރައްވަން ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު