ENGLISH
15 އޭޕްރީލު 2025
ޝެއިޚް ހަސީނާ ކޯޓަށް ހާޒިރުކޮށްދޭން ބަންގްލަދޭޝްއިން އިންޑިޔާ ކިބައިން އެދިއްޖެ
24 ޑިސެމްބަރު 2024
|
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް ޖަވާބުދާރީވާން، ކޯޓަށް ހާޒިރުކޮށްދޭން ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުން އިންޑިޔާގެ ކިބައިން އެދިއްޖެއެވެ.
ބަންގްލަދޭޝްގައި އެތަކެއް ހާސް ދަރިވަރުންތަކެއް ނުކުމެ ކުރި މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމުން، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރީ މިދިޔަ އޯގަސްޓު މަހުއެވެ.
ޔުނިވާރސިޓީގެ ދަރިވަރުން އިސްވެ ކުރި މުޒާހަރާއަށް ފަހު، ހެލިކޮޕްޓަރެއްގައި ހަސީނާ ޤައުމު ދޫކުރައްވާ، އިންޑިޔާއަށް ވަޑައިގެންނެވީ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުންނެވެ.
"އަޅުގަނޑުމެން އިންޑިއާ ސަރުކާރަށް ނޯޓް ވަރބަލް (ޑިޕްލޮމެޓިކް ނޯޓް) މެދުވެރިކޮށް އަންގާފަ ވާނީ އަޅުގަނޑުމެން ބޭނުންވަނީ ސެއިޚް ހަސީނާ އަނބުރާ ގެނެސް ޝަރުއީ މަރުޙަލާއާ ކުރިމަތިލައްވަން ކަމަށް،" ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ކަންކަމާ ހަވާލުވެ ހުންނެވި ތައުޙީދު ހުސެއިން ނޫސްވެރިންނަށް ވިދާޅުވިއެވެ.
މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޝެއިޚް ހަސީނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދޭން މިދިޔަ މަހު ވަނީ ކޯޓު އަމުރެއް ވެސް ނެރެފައެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް އެތައް ހަފްތާއަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 700 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ހަސީނާ ފޮނުވައިދޭން އެދި ބަންގްލަދޭޝް އިން ފޮނުވި ޑިޕްލޮމެޓިކް ނޯޓު ލިބިފައިވާ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ ޔަޤީންކޮށްދެއްވައިފައެވެ.
"އެކަމުގައި މި ވަގުތު ދޭނެ ޖަވާބެއް ނެތް،" ތަރުޖަމާނު ވިދާޅުވިއެވެ.