ENGLISH

15 ޖޫން 2026

Advertisement

ފަސްޓްލައިން މެނޭޖްމެންޓް ކޯހުގެ 16 ވަނަ ބުރު ފަށައިފި

15 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ފަސްޓްލައިން މެނޭޖްމެންޓް ކޯހުގެ 16 ވަނަ ބުރުގައި ބައިވެރިވި ފުލުހުން- ފޮޓޯ: ޕޮލިސް

ފަސްޓްލައިން މެނޭޖްމެންޓް ކޯހުގެ 16 ވަނަ ބުރު 25 ފުލުހުންނާއެކު ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި މިފަހަރު މި ކޯސް ކުރިއަށް ގެންދަން ރާވާފައިވަނީ މާލެ ފޮލިހުގެ ފުލުހުންނަށް ހާއްސަކޮށްގެންނެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށި މި ކޯސް، މަސްދުވަސް ވަންދެން ކުރިއަށްދާނެއެވެ.

މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މާލެ ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ހާއްސަ ކޯހެކެވެ.

ފަސްޓްލައިން މެނޭޖުމަންޓް ކޯހަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގެ މަގުސަދަކީ، ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއަރުވައި، ޕްރޮފެޝަނަލް ހިދުމަތެއް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު އިތުރުކުރުވުމާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާއި ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ ފުލުހުންގެ ގާބިލުކަން އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު