ENGLISH
21 އޭޕްރީލު 2025
ކުރީ ސަރުކާރޭ ނުކިޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތް: އެސްޕީޑީ ޒޫނާ
24 ޑިސެމްބަރު 2024
|
ރޭގެ ޖަލްސާގައި ޒޫނާ ވާހަކަ ދައްކަވަނީ
ކުރީ ސަރުކާރޭ ކިޔައިގެން ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެއީ އެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އައިމިނަތު ޒޫނާ ވިިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ އެޕޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރޭ ނުކިޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތެވެ.
ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ބައެއްވެރިން
"ކުރީ ސަރުކާރުން ކަންކަން ކޮށްފައި އޮތީ ކޮން ގޮތަކަށްތޯ؟. އާދެ މިއަދުގެ ސަރުކާރަށްވުރެ ކުރިން އަޅުގަނޑު ދާނީ ކުރީ ސަރުކާރަށް. އާދެ، އިޖުތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލި. އިޤްތިޞާދު ފުން އަނދަވަޅަކަށް ގައުމު ވައްޓާލި. އުމްރާނީ ތަރައްޤީ 50 އަހަރު ފަހަރަށް ދިޔައީ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިއަދަކު ނޫން އާދެ އިއްޔެ ފުނޑާލާފައި އޮތީ. މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ހިނގީމަ ފެންނަނީ ހެދުން ފިހާރައިގަ ގަބުޅިއާ ކާށި. ބޫޓު ފިހާރައިގައި ބަނބުކޭލާއި ކުރުނބާ" - ޒޫނާގެ ތަފްސީލާއެކު ވާހަކަ ދައްކަވަމުން ގެންދެވިއެވެ.
"އިޖުތިމާޢީ ފޭރާން ވީދާ ކުދިކުދި ކޮށްލީމަ ކިހިނެއްތޯވީ؟. ލިވާތު އާންމުވީ. ހަށިވިއްކުން ސޭލް އެޅުވީ. މަސްތުވާތަކެއްޗަށް ތައްމިނަށް ދޮރު ހުޅުވީ. ބަނގުރާ އާންމުވެގެން ދިޔައިރުގައި ފުޅި ގޭގެ މޭޒު މަތީގައި ބަހައްޓައިގެން ބޮމުން، ހެމުން ދިޔައީ"
އަޑަށް ބާރުލައްވައި ފޯރީގައި ވާހަކަ ދައްކަވަމުން ޒޫނާ ވިދާޅުވީ ޤައުމު އަޅުވެތިވެގެންދާ ކޮންމެ ފަހަރަކު ގައްދާރެއް އުފެދޭ ފަދައިން ޤައުމު ސަލާމަތްކުރާނެ ތަކުރުފާނެއް އުފެދޭ ކަމަށެވެ. އެގޮތުން އެމްޑީޕީން ގައުުމު ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައްޔިތުން ނުކުމެ ހޮވީ ވަށަފަރުން ތަކުރުފާނެއް ކަމަށެވެ. އޭނާ އެ އިޝާާތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށެވެ.
"އާދެ އަޅުގަނޑުމެންގެ ތަކުރުފާނު އަޅުގަނޑުމެންގެ އޮޑި ދުއްވަނީ ވަރަށް އަމާން ބަނދަރަކަށް. އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢު ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދަނީ. ބިދޭސީންގެ މައްސަލަ ހައްލުނުވެ އޮތީ އިއްޔެއަކު މިއަދަކު ނޫން. ވަރަށް ދުވަސްވެއްޖެ. އެކަން ހައްލު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅާ ނަތީޖާ ނެރެ ދައްކަމުން އެދަނީ. ގަލޮޅު ދަނޑަކަށް އެކެއް ނުކުރޭ. އާދެ، ހަލާކުވަމުން ދިޔަ ޒުވާން ޖީލެއް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް އެވަނީ ފައްޓަވާފައި. ވޭޕް އެވަނީ ހުއްޓުވާފައި. ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ މަސައްކަތް އެވަނީ ފަށާފައި. އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ބަންކަރިންގެ ޚިދުމަތް އެވަނީ އިހަވަންދިއްޕޮޅުގައި ފައްޓަވާފައި،" - އާމިނަތު ޒޫނާ
ޒޫނާގެ ވާހަކައިގައި ކުރީ ސަރުކާރާއި މި ސަރުކާރާ ހުރި ތަފާތު ކާމިޔާބުތަކުން މިސާލު ނަންގަވަމުން ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވިއެވެ. އަދި އިދިކޮޅުގައި ތިބި ސިޔާސީ ވާދަވެރިން ކަންކަން ކުރަމުންދާ ގޮތާ ބެހޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.