ENGLISH

21 އޭޕްރީލު 2025

Advertisement

ޚިޔާނާތްތެރިވާން އެމްޑީޕީއަށް ދެވަނަ ފުރުސަތެއް ދެވޭކަށް ނެތް: މެމްބަރު މަމްދޫހް

24 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ރޭގެ ޖަލްސާގައި މަމްދޫހް ވާހަކަ ދައްކަވަނީ.

އެމްޑީޕީ ސަރުކާރުން ރާއްޖެ އަށާއި ރައްޔިތުންނަށް ޚިޔާނަތްތެރި ވެފައިވާ ކަމަށާއި ދެވަނަ ފަހަރަށް އެފަދަ ހިޔާނާތެއްވާން އެމްޑީޕީއަށް ފުރުސަތު ނުދޭނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ. 

ޖޯޝުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުން އަޅުވެތިކޮށް ގައުމު ދަރުވާލައި، އަދަދު ނުކުރެވޭ ވަރަށް ޚިޔާނާތްވެފައިވާތީ، ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވި ޚިޔާނާތްތެރިންނަށް (އެމްޑީޕީ) ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށެވެ.

ރޭގެ ޖަލްސާގެ ބައެއް ބައިވެރިން

ޕީއެންސީގެ ބޮޑު ލަޝްކަރު ނުކުމެ ތިބީ ރައްޔިތުންގެ ޚިދުމަތުގައިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަންތައް ބައްޓަން ކުރީ ހަމައެކަނި ސަރުކާރުގެ އިސްވެރިންނަށް ނަފާ އާއި މަންފާ ލިބޭ ގޮތެވެ. އަދި އެމްޑީޕީގެ ވެރިން ރައްޔިތުން ބިކަކޮށް ހާލުގައި ޖައްސާލި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިތިބީ އެމްޑީޕީއަށް ދެވަނަ ފަހަރަށް މި ރާއްޖެއަށް އެފަދަ ބޮޑު ހިޔާނަތެއް ވާން ފުރުސަތު ދޭގޮތަށްކަށް ނޫން. ކޮންގްރެސް ޕާޓީގެ މިލަޝްކަރު މިއޮތީ އެގޮތަކަށް ނޫން." - މަމްދޫހު ވިދާޅުވިއެވެ.

އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް ޤާނޫނުތަކުގެ ބާރު ކަނޑުވާލާ ޤާނޫނާ ޚިލާފަށް އެތައް ކަމެއް އެމްޑީޕީން ކޮށްފައިވާކަން މަމްދޫހު ފާހަގަ ކުރެއްވިއެވެ. އަދި އޭރުގެ ވެރިން ބޭނުންވީ ސިޔާސީ ވެރިންގެ ފައިބުޑަށް ގޮސްގެން ރައްޔިތުން ކަންކަން ކުރުވާނެ މަގަށް ހުރިހާ ކަންކަން ބައްޓަން ކުރުން ކަމަށް ވެސް  އޭނާ ވިދާޅުވިއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ ވައްކަމުގެ ބޮޑެތި ޢަމަލުތައް ސަރުކާރު ތެރެއިން ކުރަމުން ދިޔައިރު ވެސް ކުރީ ސަރުކާރުގެ ވެރިން އެކަމާ އަޅާލާފައި ނުވާ ކަމަށެވެ.

"ރައީސް ސޯލިހްގެ ސަރުކާރުން 40 އަހަރާއި ނުބައްދަލު ދަރަނި ނަގައިގެން ކުރި ވައްކަންތަކާއި އެކީގައި ދިވެހިރާއްޖޭގެ އިގްތިސާދު މުޅިން ގޯސްކޮށް ދިޔައިރު 2022 ވަނަ އަހަރު ރާއްޖެއަށް ދުނިޔޭގެ މާލީ އެކިއެކި އިދާރާތަކުން ދެމުން ގެންދިޔަ އެއްވެސް އިންޒާރަކަށް އޭރުގެ ސަރުކާރުން ކުޑަވެސް އަޅާލުމެއް ދީފައެއް ނެތް،" - މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، ކުރީ ސަރުކާރުން 64 ބިލިއަން ރުފިޔާއިން ރާއްޖެ ދަރުވާލި ނަމަވެސް، އެންމެ އަސާސީ ހިދުމަތްތައްވެސް ރައްޔިތުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

"އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ނެގި ލޯނުތަކާއި، ރާއްޖެއަށް ކޮވިޑާއި ގުޅިގެން ލިބުނު ހިލޭ އެހީ ރައްޔިތުންނަށްޓަކައި ބޭނުން ކުރިނަމަ މިއަދު ރާއްޖޭގައި ނަރުދަމާ ނެތް އެންމެ ރަށެއްވެސް ނޯންނާނެ،" -  އޭނާ ވިދާޅުވިއެވެ.

މަންޑޭ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަަމަ އަހަރު ނިމިގެން ދިޔައީ ރައްޔިތުންނަށް އުފަލާއި ހިތްހަަމަ ޖެހުން ގެނެސް ދެމުންނެވެ. އަދި އެމްޑީޕީން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމުގައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ރައީސް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން މަންޑޭ ވިދާޅުވީ، ކުރިއަށް ވެސް ގިނަ ކަންތައްތަކެއް ކުރަން އެބަ ހުރި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު