ENGLISH

21 އޭޕްރީލު 2025

Advertisement

އެޗްޑީސީގެ އެމްޑީ އާއި ޕޮލިސް ކަމިޝަނަރު ބައްދަލުކުރައްވައިފި، އެޗްޑީސީގެ ތަހުޤީޤާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވި

24 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ޕޮލިސް

އެޗްޑީސީ އަށް އަލަށް އައްޔަން ކުރެއްވި މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ބައްދަލުކުރައްވައިފި އެވެ.

ފުލުހުންގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ވެސް ބައިވެރިވެވަޑައިގަތެވެ. ސީޕީ ޝުޖާއުގެ އަރިިހުގައި ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށް ފަރުހާދު ފިކުރީ އާއި އިސްމާއިލް ނަވީން އަދި މިހާރު ކުރިއަށް ގެންދާ އެޗްޑީސީގެ އެކިއެކި މައްސަލަތަކުގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގަތެވެ.

"މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި،" - ފުލުހުން އެކްސްގައި ބުންޏެވެ.

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކަން ފެށި ހިސާބުން ފެށިގެން ހުޅުމާލެ ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުރޫފް އެޗްޑީސީގެ އެމްޑީ ކަމަށް އައްޔަން ކުރެއްވީ އެ ކުންފުންޏަށް ކޮރަޕްޝަންގެ ތުހުމަތު އެޅިފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ކުރިއަށް ގެންދާއިރު، އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވަނީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިޢުފާ ދެއްވާފައެވެ.،  ފަޒުލްގެ މެނޭޖުމަންޓުގައި އިސްކޮށް ތިބި 15 މުވައްޒަފަކު ވެސް އިއްޔެ ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ. ފުލުހުންގެ ތަހުގީގަށް މަފުހި ކުރުމުގެ ގޮތުން، ބޯޑުގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރު ފިޔަވައި ކުންފުނީގެ ބާކީ ތިބި ހުރިހާ ބޯޑު މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.  

ކިޔުންތެރިންގެ ހިޔާލު