ENGLISH

21 އޭޕްރީލު 2025

Advertisement

އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި

24 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އެޗްޑީސީގެ މައި އޮފީސް: ލެޕްޓޮފް ވަގަށް ނެގީ ކަސްޓަމަރ ސާވިސް އޮފީހުން

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފަސް ލެޕްޓޮޕް ނަގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފަހުން ވިދާޅުވީ އެ ލެޕްޓޮޕްތައް ވަގަށް ނެގީ ފަރުކޮޅުގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. އަދި ވަގަށް ނެގި ކަމަށް ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންނަށް އެއްބާރުލުން ދެމުން ގެންދާ ކަމަށައި އެގޮތުން (ވަގަށް ނެގި) ފަސް ލެޕްޓޮޕްވެސް މިހާރު ހޯދާފައިވާ ކަމަށެވެ. 

އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނެގިކަމުގެ މައްސަލައެއް ފެންމަތިވެފައިވަނީ ގެދޮރުވެރި ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ، ޖިނާއީ ސީރިއަސް ތަހުގީގެއް ފުލުހުންނާއި އޭސީސީ ގުޅިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި ހިމެނޭ ޑިޖިޓަލް ހެކި އެއްކޮށްފައިވާ ކަމަށްވެސް ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އޭސީސީއާ ފުލުހުންނަށް އަމުރުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު