ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕް ކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނެ ފަރުތަމުންދާ ވާހަކަތައް ދޮގުކުރައްވައިފި

24 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ހޯމްލޭންޑް މިނިސްޓަރ އިހްސާން

ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕް ކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނެ ފަރުތަމުންދާ ވާހަކަތައް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ދޮގުކުރައްވައިފި އެވެ.

ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ރޭގައެވެ. އެ ހާދިސާގެ ވީޑިއޯވެސް އެބައޮތް ކަމަށް ބުނާ ވާހަކަތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރު އެބަވެ އެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލުކޮށްފައި ވަނިކޮށް، ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކާ ހަވާލާދީ ދެކެވޭ ވާހަކަ އަކީ 2021، މޭ ގައި ބަންގަލްދޭޝް ނޫހަކުން ރިޕޯޓްކޮށްފައިވާ ހާދިސާއާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އެ ބުނާ އާޓިކަލްގެ ލިންކުވެސް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

ދިވެހިންވެސް ވަނީ އިންޑޮނޭޝިއާގެ އަންހެނަކު ރޭޕްކޮށް މަރާލިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު