ENGLISH
21 އޭޕްރީލު 2025
ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ
23 ޑިސެމްބަރު 2024
|
ޕީއެންސީގެ ފޯރިގަދަ ޖަލްސާއެއް މިރޭ
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޖަލްސާ އޮންނާނީ ކޮންގްރެސް ހައުސް، ހ. ވެޔޮވިލާގައި މިރޭ 8:45 ގައެވެ.
މި ޖަލްސާގައި ޕީއެންސީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ.
ޕީއެންސީން ޖަލްސާ ބާއްވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަޙުޤީޤެއް ކުރިއަށް ދަނިކޮށެވެ.
މީގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ވެސް އެ ބާވަތުގެ ޢަމަލެއް ހިންގާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ޕީއެންސީން މިރޭ ބާއްވާ ފޯރިގަަދަ ޖަލްސާގައި ޕާޓީގެ އެންމެހާ މެމްބަރުންނަށް އެ ޕާޓީން ވަނީ ދަޢުވަތު އަރުވައިފައެވެ.