ENGLISH
21 އޭޕްރީލު 2025
ޕީއެސްއެމްގެ ޗެއާރޕާސަން އަކަށް ނަމްޒާ، އެމްޑީއަކަށް ނަސްރީން
23 ޑިސެމްބަރު 2024
|
ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ ޗެއާރޕަސަންގެ މަޤާމަށް އައިމިނަތު ނަމްޒާ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އިބްރާހިމް ނަސްރީން މިއަދު ހަމަޖައްސަވައިފި އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަޤާމަށް ހަމަޖެއްސެވި ނަސްރީން މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އޭނާ ވަނީ ޕީއެސްއެމްގެ އިސް މަޤާމުތަކެއް ވެސް އަދާކުރައްވައިފައެވެ. ޓީވީ ޕްރޮގްރާމްތައް ވެސް ކުރިން ހުށަހެޅުއްވި ނަމްޒާ ހުންނެވީ ސިޓީތަކާ ބެހޭ މިނިސްޓްރީގެ ނައިބުގެ މަޤާމުގައެވެ. ނަމްޒާ ވަނީ މި ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި މުޙއްމަދު ސަޢީދު، ސިއްހީ ސަބަބުތަކަކަށްޓަކައި މިދިޔަ ހަފުތާގައި އިސްތިޢުފާ ދެއްވާފައި ވަނިކޮށެވެ.