ENGLISH

21 އޭޕްރީލު 2025

Advertisement

ފެނަކައިގެ އާ އެމްޑީއަކަށް މުޙައްމަދު ނަޖާހު ހަމަޖައްސަވައިފި

23 ޑިސެމްބަރު 2024

|

ހަސަން އާމިރު

ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް-- ފޮޓޯ: ފެނަކަ

ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު ވަނީ ކުރައްވައިފި އެވެ.

ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ، ހެންވޭރު، ޔެލޯ ރޯޒް 2، މުޙައްމަދު ނަޖާޙު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައެވެ.

ފެނަކަ އަށް އާ އެމްޑީއެއް ޕީސީބީ އިން މިއަދު ހަމަޖެއްސެވި އިރު އެ ކުންފުނީގެ އެމްޑީގެ މަގާމުން މުހައްމަދު މުއާޒު ރަޝީދު މިއަދު ވަނީ އިސްތިޢުފާ ދެއްވައިފައެވެ.

ފެނަކަ އިން އިސްތިޢުފާ ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީ، މުޢާޒް ވަނީ އެކްްސްގައި އާއްމު ކުރައްވައިފައެވެ. އެ ސިޓީގައި އޭނާ ވަނީ ފެނަކަ ހިންގެވުމުގައި ހުރި ދަތިތައް ބަޔާންކޮށްދެއްވައިފައެވެ. ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީން ހިންގުން ބައްޓަންކުރަންޖެހޭ ތަންތަން ކަމަށްވީ ނަމަވެސް، ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއްކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު