ENGLISH
05 ޖުލައި 2025
ވިއްސާރައިގައި ގެއްލުން ލިބުނު އާއިލާތައް ވަގުތީ ހިޔާ އިން ގެއަށް ބަދަލުކޮށްފި
23 ޑިސެމްބަރު 2024
|
މިދިޔަ ހޮނިހިރު ދުވަހު ވެހުނު ބޯ ވާރޭގައި ގެއްލުން ލިބުނު އާއިލާތައް ވަގުތީ ހިޔާއިން އަމިއްލަ ގެދޮރަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ތިން ރަށަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް ގެއަކުން މީހަކު ބަދަލުކުރާ ހާލަތަށް ނުދާ ކަމަށެވެ.
ޑިސެމްބަރު 21 ވީ ހޮނިހިރު ދުވަހު މަލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން 8 ގޭބީސީއެއްގެ 32 މީހުން ވަނީ ވަގުތީ ހިޔާތަކަށް އެ ދުވަހު ބަދަލުކޮށްފައެވެ.
ފެން ވަނުން ކޮންޓްރޯލްކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު 49 ތަނެއްގައި 304 ވެލި ބަސްތާޖެހި ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން އެސެސްމެންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމެންޓް ވަނީ ދިވެހި ރެޑް ކްރެސެންޓާއި އެންޑީއެމްއޭ އާ ގުޅިގެން ހަދައި ނިންމާފައެވެ.