ENGLISH

05 ޖުލައި 2025

Advertisement

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް ޗައިނާގެ ވިޔަފާރިވެރިންނާ ހިިއްޞާކޮށްފި

23 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރ އަދި ނޫ އިޤްތިޞާދުގެ ދާއިރާއިން އިންވެސްޓްކުރުމުގައި ހުރި ފުރުޞަތުތައް ޗައިނާގެ ބައެއް ކުންފުނިތަކުގެ މަންދޫބުންނާ ހިއްޞާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ވަނީ ދެއްވާފައެވެ. މިނިސްޓަރ ޝިޔާމް ވަނީ ކުޅިވަރު މަސްވެރިކަމުގެ ބަނދަރުތައް ޤާއިމުކޮށް މެރިކަލްޗަރ އިނީޝިއޭޓިވްސް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ދާއިރާތައް ކުރިއެރުވުމަށް ޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވިއެވެ.

ޗައިނާ ވަފުދުގެ މި ދަތުރުފުޅުގައި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ދަށުން ހިންގާ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީގެ ވިޔަފާރިވެރިންނާއި އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ. މެރިކަލްޗަރއާ ގުޅުންހުރި ދިރާސާތަކާއި ތަމްރީނުތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. 

ރާއްޖޭގެ މެރިން ރިސަރޗް އިންސްޓިޓިއުޓާއި ޗައިނާގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާ ދެމެދު ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ދެ ފަރާތުން ވެސް ވަނީ ބަލައިފައެވެ.

މިނިސްޓަރ ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާޢަތް އިޤްތިޞާދީ ގޮތުން ބަލާއިރު، ފަތުރުވެރިކަމުގެ ސިނާޢަތާ އެއްވަރަށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތް އަލުން ދިރުވައި އާލާކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު