ENGLISH

07 ޖޫން 2026

Advertisement

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްްސާއެއް މިރޭ

07 ޖޫން 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީން މިފަހުން ބޭއްވި ބިޔަ ޖަލްސާގެ ތެރެއިން. -- ފައިލް ފޮޓޯ

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ. 

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ހ. ވެޔޮވިލާގައެވެ. ޖަލްސާ ފެށޭނީ 20:30 ގައެވެ. 

މިރޭގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ކޮންގްރެސް ޕާޓީގެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ ދައުވަތު ދީފައެވެ. 

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާއިރު ނިމިދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ޕާޓީންވަނީ ގިނިކަންޏާ ނިކުމެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އަދި މިފަހުން އެ ޕާޓީގެ ސިޔާސީ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް ޕާޓިއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. 

ރޭވިގެން އިންތިޒާމީ ގޮތެއްގައި ހަމައެކަނި ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ ވެސް ހަކޮންގްރެސް ޕާޓީންކަން ފާހަގަކޮށްލަންޖެހެއެވެ. 

މިހާރުވެސް އެ ޕާޓީގައި 75,000 ވުރެ ގިނަ މެންބަރުން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު