ENGLISH

05 ޖުލައި 2025

Advertisement

ގެދޮރުވެރިޔާގެ ފްލެޓްތަކަށް އަލުން ފޯމުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެ ސްކޭމެއް؛ ސަމާލުވުމަށް ފުލުހުން އެދިއްޖެ

23 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ގެދޮރުވެރިޔާގެ ފްލެޓްތަކަށް އަލުން ފޯމުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެ ސްކޭމެއް ކުރިއަށް ގެންދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި ބުނީ ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ، ހައުސިން މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް ބުނެ ލިންކަކާއެކު ދައުރު ވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ މަޢުލޫމާތު ރައްކާކޮށްފައިވަނީ ކްލައުޑުގައި ކަމުން، އަލިފާނުގެ ހާދިސާއިން އެ މަޢުލޫމާތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. 

އެހެންވެ އެ މެސެޖާމެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ފަހަކަށް އައިސް އެކި ނަންނަމުގައި ސްކޭމްތައް ދަނީ ހިންގަމުންކަން ފުލުހުން ފާހަގަ ކުރެއެވެ. 

މި މަހު ކުރީކޮޅު ވައިބާ ހެކްކޮށް ސްކޭމެއް ކުރިއަށް ގެންދާތީ ވެސް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު