ENGLISH

04 ޖުލައި 2025

Advertisement

އައިޖީއެމްއެޗްގައި އަޑުގަދަކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

23 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އައިޖީއެމްއެޗް: ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައި

އައިޖީއެމް ހޮސްޕިޓަލު ތެރޭގައި އަޑުގަދަކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް އިއްޔެ ހިނގިއިރު، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ ކުރިންވެސް ހައްޔަރާއި ބަންދު ލޮގް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހާފައިވެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި އެ މީހާ އަށް ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން އޭނާ އަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ އާންމުންނާ ދިމާލަށްވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނީ އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުންވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު