ENGLISH

06 ޖޫން 2026

Advertisement

އަހަރުގެ މިހާތަނަށް ވައްކަމުގެ 1,492 މައްސަލަ

06 ޖޫން 2026

|

އައިމިނަތު ޝަފާ

ފުލުހުންގެ މަރުކަޒު.

އަހަރުގެ މިހާތަނަށް ވައްކަމުގެ 1,492 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެހިދުމަތަށް 5،226 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކޮންމެ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މިހާތަނަށްވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޖަނަވަރީމަހުން ފެށިގެން މިއަދާ ހަމައަށް ވައްކަމުގެ 1,492 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ހިސާބުތައް:

- ވައްކަމުގެ 1,492 މައްސަލަ

- 1,380 އެކްސިޑެންޓް

- މަސްތުވާތަކެތީގެ 867 މައްސަލަ

- ތަކެތި ގެއްލިގެން 448 މައްސަލަ

- މާރާމާރީގެ 289 މައްސަލަ

- މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ

- ގެވެށި އަނިޔާގެ 154 މައްސަލަ

- ޚިޔާނާތުގެ 116 މައްސަލަ

- ޖިންސީ ކުށްތަކުގެ 108 މައްސަ

- ފޭރުމުގެ 76 މައްސަލަ

- އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ  

ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ހުށަހެޅިފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. ޖަނަވަރީމަހު 1,108 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ 953 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. އަދި މާޗު މަހު 966 މައްސަލަ، އެޕްރީލް މަހު 874 މައްސަލަ އަދި މޭ މަހު 1،049 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި މި މަހުގެ މިހާތަނަށް ވަނީ 125 މައްސަލައެއް ރިޕޯޓްކޮށްފައެވެ.

ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތަކާއި އެނޫންވެސް ނުރައްކާތެރި ކުށަތަކުން ސަމާލުވުމަށް ދިވެހި ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި މިފަދަ ކުށްތަކުން ރައްޔިތުން ހޭލުންތެރިކުރަންވެސް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު